
އިއްޔެ އެކަނިވެސް 200އަށް ވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފި
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ--
ޓާސްކް ފޯހުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 254 ބިދޭސީން ހައްޔަރުކޮށްފިއެވެ.

މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި"ގެ ތިންވަނަ ފިޔަވަހީގެ ދަށުން އިއްޔެ ޓާސްކް ފޯހުން ކުރިއަށް ގެންދިޔަ ޙާއްސަ އޮޕަރޭޝަނެކެވެ.
އިއްޔެ ޓާސްކް ފޯސްއިން ކުރިއަށް ގެންދިއަ ޚާއްސަ އޮޕަރޭޝަންގައި 639 ތަނަކުން 1344 ބިދޭސީން ޗެކްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މި އޮަޕަރޭޝަނާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ވަނީ ނަގާފައިވާ ކަމަށެވެ.
އަދި މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ އެންމެ 13 އިން ސައްތައިގައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މިމަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނެގުމާއި ހުއްދަ އޮތް ވިސާއެއްގައި ހުރެ ހުއްދަ ގަވާއިދާ ޚިލާފް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ޑިޕޯޓް ކުުރުން؛ އަދި ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމެވެ.
ގުޅުންހުރި

އިއްޔެ އެކަނިވެސް 200އަށް ވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފި

ގާލްސް އިން އައި.ސީ.ޓީ ޑޭ ފާހަގަކުރުމަށް މައިންޑްކޯ އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ލީގަލައިޒް ކުރުމަށް ފަހު ފުރުސަތެއް!




