logoEN
WAMCO TOP 1
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯއިން ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯއިން ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

5/10/2026, 7:32:11 AM

# ސްޓެލްކޯ

-

މިއަހަރުގެ ކުޑަކުދީންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގައުމީ ކަރަންޓު ކުންފުނި، ސްޓެލްކޯއިން ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި އެވެ.

THE TRAVELLER AD

ބައިނަލަގްވާމީ ކުޑަކުދީންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަނީ މޭ މަހުގެ 10 ވަނަ ދުވަހެވެ. ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސްޓެލްކޯއިން ހަރަކާތްތަކެއް ކުރިޔަށް ގެންދެއެވެ.

މިގޮތުން މިއަހަރުވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސްޓެލްކޯގެ ހެޑް އޮފީހާއި އިންޖީގުގެތަކުގައި ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފައި އެވެ.

ސްޓެލްކޯއިން ބުނީ ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް މި އަހަރު ހިންގާ ހަރަކާތްތަކުގެ ތެރެއިން ސްކޫލް ކުދިންނަށް ޔޫޓިލިޓީ ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދީ، މާލޭ ޕަވަރހައުސްގެ މަސައްކަތްތައް ދައްކާލުމަށް އިއްޔެ ޚާއްސަ ސެޝަންތަކާއި ޓުއަރ ތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ގިނަ ހަރަކާތްތަކަކާއިއެކު އިއްޔެ ހަވީރު ސްޓެލްކޯގެ ހެޑް އޮފީހުގައި ޚާއްސަ ކުޑަކުދީންގެ ހަވީރެއްވެސް ވަނީ ބާއްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC