
-
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފި އެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަޒުވަރު އައްޔަންކޮށްފައިވަނީ މިއަދު އެވެ.
ޕްރައިވެޓައިޒޭޝަން ކޯޕަރޭޝަން ބޯޑުން ވިދާޅުވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ. ހިތަދޫ / ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު، 28 އެޕްރިލް 2026 ވަނަ ދުވަހުން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.
އަޒުވަރު މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. އަދި އެންމެފަހުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަމާހު އެމަގާމުން ވަކިކުރުމަށްފަހު ކުންފުނި ހިންގުން ވަގުތީގޮތުން ހަވާލުކުރީވެސް އަޒުވަރު އާ އެވެ.
ގުޅުންހުރި

ބައެއް އަތޮޅުތަކުގެ ޔުޓިލިޓީޒް ޚިދުމަތް ސްޓެލްކޯއާއި ހަވާލުވާއިރު، އަމާޒަކީ ޚިދުމަތަށް ބުރުލެއް ނާރައި ބަދަލުގެނައުން: ސާއިދު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަޒުވަރު!

ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރުމަށް ސްޓެލްކޯގެ އިލްތިމާސެއް!




