
ދިވެހި ސަފީރުންނާއި ހެޑްސް އޮފް މިޝަންއާ ޚާރިޖީ ވަޒީރު އިރުތިޝާމް ބައްދަލުކުރައްވައިފި
# ހާރިޖީ ވުޒާރާ-
ބޭރު ޤައުމުތަކުގައި ހުރި ދިވެހި މިޝަންތަކުގެ ސަފީރުންނާއި ހެޑްސް އޮފް މިޝަންއާ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ޚާރިޖީ ވުޒާރާއިން ކުރެވުނު މަސައްކަތާއި ކުރިއަށް ރޭވިފައި ހުރި މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު އިރުތިޝާމް ސަފީރުންނާއި މަޝްވަރާ ކުރެއްވިއެވެ.
މިގޮތުން، މިޝަންތަކުގައި ތިއްބަވާ ސަފީރުން އެ ޤައުމުތަކާ ގުޅުން ބަދަހިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޯލްޑިވްސް ފަސްޓް ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމާއި ދިވެހިރާއްޖެއަށް ފައިދާއާއި މަންފާހުރި ފުރުޞަތުތައް ފަހިކޮށް ދިނުމުގެ އިތުރުން، އެ ޤައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް މިނިސްޓަރ އިރުތިޝާމް އެދިވަޑައިގެންނެވިއެވެ.
އަދި ދިވެހިރާއްޖޭގެ ޓޫރިޒަމާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ބޭރުގެ އެކި ފަރާތްތަކާ ޙިއްސާކޮށް، އެ ދާއިރާތައް ކުރިއެރުވުމުގައި މިޝަންތަކުން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ގުޅުންހުރި

ދިވެހި ސަފީރުންނާއި ހެޑްސް އޮފް މިޝަންއާ ޚާރިޖީ ވަޒީރު އިރުތިޝާމް ބައްދަލުކުރައްވައިފި

އެސްކެޕްގެ 82 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ބެލްޖިއަމް އަށް!




