
-
ހައި-ރެޕްރެޒެންޓޭޓިވް ފޮރ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް، ކާޔާ ކަލާސްގެ ދަޢުވަތުފުޅަކަށް ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް މިރޭ ބެލްޖިއަމް އަށް ފުރާވަޑައިގެންފިއެވެ.

މި ފޯރަމް ކުރިއަށް ދާނީ މި މަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައެވެ. އަދި، މި ފޯރަމް އަކީ ޔޫރަޕިއަން ޔޫނިއަން އާއި އިންޑޯ-ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ ވަރަށް ރަގަޅު ފުރުޞަތެކެވެ.
މި ފޯރަމްގެ ތެރެއިން "ކޮމަން އެންޑޭވާރސް ފޮރ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަރ" ގެ ނަމުގައި ބާއްވާ ރައުންޑްޓޭބަލް ސެޝަނެއްގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިއެވެ. އަދި، ޚާރިޖީ ވަޒީރު މި ފޯރަމްގެ ޙަވާސާގެ ތެރެއިން ރަޙްމަތްތެރި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެ މި ފޯރަމްގައި ތަމްސީލުކުރުމަކީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުން ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އިސްކަންދޭ މިންވަރު ދައްކުވައިދިނުމަށް ލިބިގެންދާނެ މުހިއްމު ފުރުޞަތެކެވެ.
ގުޅުންހުރި

ކަނޑުތަކާ ގުޅޭ މިންގަނޑުތައް ކަނޑައަޅައި ހިންގުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ޚާއްސަ އެހީތެރިކަން އިތުރުކުރަން ގޮވާލައިފި

ދިވެހި ސަފީރުންނާއި ހެޑްސް އޮފް މިޝަންއާ ޚާރިޖީ ވަޒީރު އިރުތިޝާމް ބައްދަލުކުރައްވައިފި

އެސްކެޕްގެ 82 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ




