.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

-
ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ވަޒީރު އަޙްމަދު ޝިޔާމާއި މިނިސްޓްރީގެ އިސް ބޭފުޅުން، ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
މަސްވެރިކަމާއިބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު އަހުމަދު ޝިޔާމްގެ އިތުރުން ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބާއި ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފްއާއި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ހުރި ދަތިތައް ހައްލުކޮށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކުރުމަށާއި، ހުއިފިލަނޑާގެ މަސްވެރިކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމާ ގުޅޭގޮތުންނެވެ.
ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ފަރާތްތަކަށާއި މި ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
މީގެއިތުރުން ބައިނަލްއަޤްވާމީ 'ސައިޓީސް ' މުއާހަދާ ތަންފީޒުކުރުމުގައި މަސްވެރިކަމާއި ހުރި ގުޅުން އަދި އަމަލުކުރެވިދާނެ ހަމަތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްފައިވެއެވެ.
.jpeg?w=3840&q=75)






