logoEN
WAMCO TOP 1
ތެލެސީމިއާ ދުވަސް ހަނދާންކޮށްދީ، ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް - ރައީސް

ތެލެސީމިއާ ދުވަސް ހަނދާންކޮށްދީ، ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް - ރައީސް

އަހުމަދު ޝުރާއު

logo

5/8/2026, 4:56:33 PM

# ރައީސް މުއިއްޒު

-

ތެލެސީމިއާ ދުވަސް ހަނދާންކޮށްދީ، ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކޮށް، ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށްމެ، މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުންދީގެން ބަދަހި ޤައުމެއް ބިނާކުރުމަށް ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ރަސްމީ އެކައުންޓުން އެކްސްގައި ޝާއިޢުކުރެއްވި މެސެޖެއްގައެވެ.

ތެލެސީމިއާ ބަލި ތަޙައްމަލުކުރަމުންދާ ކޮންމެ ފަރުދަކަށާއި އެ ފަރުދުން ނިސްބަތްވާ ޢާއިލާތަކަށް ބޭނުންވާނޭ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ފަހިކޮށްދިނުމުގައި ސަރުކާރުން އަދާކުރާ ޒިންމާ އާއި މަސްއޫލިއްޔަތުގެ މުހިންމުކަންވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، ތެލެސީމިއާ ޕޭޝަންޓުންނަށް، ހެޔޮ ދުޢާ ކުރައްވައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، އޯގާތެރިކަމާއި ހެޔޮބަސްތަކަކީ، ފަރުވާގެ ދެބައިކުޅަ އެއްބައިގެ ގޮތުގައި ސިފަކުރައްވައި، ތެލެސީމިއާއަށް ފަރުވާ ހޯދާ ކޮންމެ ކުއްޖަކަށްމެ، މުޖުތަމަޢުގެ ކުލުނާއި ލޯތްބާއި އެހީތެރިކަމާއެކު، އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހުއެވެ. ތެލެސީމިއާ ބަލި ތަޙައްމަލުކުރަމުންދާ ފަރުދުންނާއި ޢާއިލާތަކަށް، ފަރުވާއަށް ފަހި މާހައުލެއް ޤާއިމުކުރެއްވުމަކީ މި ސަރުކާރުން ޚާއްޞަ އަހުމިއްޔަތެއް ދެއްވާ މަސައްކަތެކެވެ.

ކޮމެންޓް
ފަހުގެ
HDC