logoEN
WAMCO TOP 1
ލަންކާއިން އަދާކުރެއްވި މެހެމާންދާރީއަށް ރައީސް ޝުކުރު

ލަންކާއިން އަދާކުރެއްވި މެހެމާންދާރީއަށް ރައީސް ޝުކުރު

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުން އަދާކުރެއްވި މެހެމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ.

THE TRAVELLER AD

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ނިންމަވާލައްވައި ސޯޝަލް މީޑިއާގައި ސްރީލަންކާ ބަހުން ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޤައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ، ގާތްގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކުގައި ކަމަށެވެ.

މި ދަތުރުފުޅުގައި ލަންކާގެ ރައްޔިތުންނާއި އެ ޤައުމުގެ ސަރުކާރުން އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދައް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާ އެކު ތަފާތު އެކި ކަންކަމުގައި ބޭއްވި ފައިދާހުރި މަޝްވަރާތަކުން އެމަނިކުފާނަށް އިތުރު ހިތްވަރު ލިބިވަޑައިގެންނެވި ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ކުރިއަރުވައި، ދެ ޤައުމުން ގުޅިގެން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލްކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް އެކަންކަމުން ފައިދާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވިއެވެ. އަދި ރާއްޖެއާއި ލަންކާގެ ރަހުމަތްތެރިކަމުގެ ޒަމާންވީ ގުޅުން އަބަދަށް ދެމިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC