logoEN
WAMCO TOP 1
ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ

ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ

# ފުލުހުން# ހުޅުމާލެ ފޭސް 2

ގެއްލިގެން ހޯދަމުންދިޔަ އަލްޔާ- ފޮޓޯ: ފުލުހުން

ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

THE TRAVELLER AD

ގެއްލިގެން ހޯދަމުންދިޔައީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ) ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ އަލްޔާ މިހާރު ފެނިފައިވާ ކަމަށެވެ. އަދި އަލްޔާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނި އެވެ.

ފުލުހުން ބުނެފައިވަނީ އެކުއްޖާ މިހާރު ދިރިއުޅެމުންދާ ހިޔާ ޓަވަރު 16 އިން ނިކުމެގެން އިއްޔެ ހަވީރު 16:15 ހާއިރު ގޮސްފައިވާއިރު، ކުއްޖާގެ ހަބަރެއް ނުވެގެން ދަންވަރުގެ ވަގުތުގައި ރިޕޯޓްކުރި ކަމަށެވެ. އަދި ރިޕޯޓް ލިބުމާއެކު ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް
ފަހުގެ
HDC