logoEN
WAMCO TOP 1
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއު: ތިން ސެގްމެންޓެއްގެ ޝީޓް ޕައިލިންގ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއު: ތިން ސެގްމެންޓެއްގެ ޝީޓް ޕައިލިންގ މަސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

5/6/2026, 9:01:00 AM

# ބޮޑުތަކުރުފާނު މަގު މަޝްރޫއު

-

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ތިން ސެގްމެންޓެއްގެ ޝީޓް ޕައިލިންގ މަސައްކަތް ނިންމާފައިވާ ކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފި އެވެ.

THE TRAVELLER AD

އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގުގެ 2،3 އަދި 4 ވަނަ ސެގްމެންޓުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ ދަށުން އެ ތިން ސެގްމެންޓު ހިމެނޭހެން ޖުމުލަ 278 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް ނިމިފައިވާ ކަމަށެވެ.

އެގޮތުން މިހާރު މި މަޝްރޫއުގެ ދަށުން ކުރިޔަށްދަނީ އެތިން ސެގްމެންޓުގައި ފެނާއި ނަރުދަމާގެ މައި ހޮޅިތައް ވަޅުލުމުގެ މަސައްކަތާއި، ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތްތަކާއި ކުއޭވޯލްގައި ޕެނަލް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން މިދިޔަ މަހު ތެރޭގައި ބޮޑު މަސައްކަތްތަކެއް ފުރިހަމަކުރި ސެގްމެންޓު 5 ގައި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާއިރު ކުއޭވޯލް ސަރަހައްދުގައި ދުވާރު ހެދުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފުރިހަމަވެގެންދާނެ ކަންވެސް އެމްޓީސީސީން ހާމަކުރެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC