logoEN
WAMCO TOP 1
ހުޅުމާލެ ފޭސް 2 އިން އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލެ ފޭސް 2 އިން އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ

# ގެއްލިގެން ހޯދުން# ފުލުހުން

ގެއްލިގެން ހޯދަމުންދާ އަލްޔާ- ފޮޓޯ: ފުލުހުން

ހުޅުމާލެ ފޭސް 2 އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ) ކަމަށެވެ.

ފުލުހުން ބުނީ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެކުއްޖާ މިހާރު ދިރިއުޅެމުންދާ ހިޔާ ޓަވަރު 16 އިން ނިކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 ހާއިރު ކަމަށެވެ. އަދި އެ ކުއްޖާ ގެއިން ނުކުތްއިރު ލައިގެން ހުރީ ހުދުކުލައިގެ ރޮނގުދެމި ކްރޮޕް ޓޮޕަކާއި، މަޑު ނޫކުލައިގެ ޖީންސެއްގެ އިތުރުން ކަޅުކުލައިގެ ޝޯލެއް ކަމަށް އާއިލާއިން މައުލޫމަތުދޭ ކަމަށް ފުލުހުން ބުންޏެވެ.

އެކުއްޖާގެ ހަބަރެއް ނުވެގެން ރޭ ދަންވަރުގެ ވަގުތުގައި ރިޕޯޓްކޮށްފައިވާއިރު، ރިޕޯޓް ލިބުމާއެކު ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އަދިވެސް އެ ކުއްޖާ ފެނިފައިނުވާކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، ޢާއިޝަތު އަލްޔާ ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.

ކޮމެންޓް
ފަހުގެ
HDC