logoEN
WAMCO TOP 1
ބައްޓަންކުރަމުން މިދަނީ ބައިނަލްއަަގުވާމީ ގޮތުން ވާދަވެރި، ދިރުންހުރި، ހުޅުވާލެވިފައިވާ އިގުތިސާދެއް!

ބައްޓަންކުރަމުން މިދަނީ ބައިނަލްއަަގުވާމީ ގޮތުން ވާދަވެރި، ދިރުންހުރި، ހުޅުވާލެވިފައިވާ އިގުތިސާދެއް!

އަހުމަދު ޝުރާއު

logo

5/5/2026, 1:15:58 PM

# ރައީސް މުއިއްޒު

-

ސަރުކާރުން ބިނާކުރަމުންދަނީ ހުޅުވާލެވިފައިވާ ދިރުންހުރި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭ ވަރުގެ އިގުތިސާދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ރައީސް މިފަދައިން ވިދާޅުވީ މިއަދު ސްރީލަންކާގައި ކުރިއަށްގެންދާ އިންވެސްޓާ ފޯރަމު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރާއްޖެ ގެންދަން މިސްރާބު ޖަހާފައިވަނީ ފުރިހަމައަށް ތަރައްގީވެފައިވާ ދެމެހެއްޓެނެވި ގައުމަކަށް ހެދުމަށް ކަމަަށެވެ. މި ތަސައްވުރަކީ ދުރު ހުވަފެނެއް ނޫންކަމަށާއި، އެއީ ސަރުކާރުން އެކަށައަޅާ ކޮންމެ ސިޔާސަތެއްގެ ފަހަތުގައި އޮތް އިސްތިރާޖީ ތަސައްވުރުކަމަށް ރައީސް ވިދާޅުވިއެވެ.

އެ ތަސައްވުރުގެ ކުންނުގައި އޮތީ ތަރައްގީ ވާންޖެހެނީ ރައްޔިތުންގެ ވަށައިގެން ބިނާކުރެވޭ ޓެކްނޮލިޖީން ކުރިއަށްގެންދާ ތިމާވެށިގެން ގޮތުން ޒިންމާދާރު ކަމެއް ކަމަށް ގަބޫލުކުރުމުގެ މައްޗަށްކަން ފާހަގަކުރައްވަމުން އެމަނިިކުފާނު ވިދާޅުވީ އެ ތަަސައްވުރުގެ އެންމެ މުހިއްމު ސިފައަކީ ރާއްޖޭގެ އިގުތިސާދީ ކުރިމަގު ބައްޓަންކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ބަލައިގަތުން ކަމަށެވެ.

"އަޅުގަނޑުވާނީ ގައުމީ އެޖެންޑާގެ އެންމެ ފުނުގައި ޕްރައިވެޓް ދާއިރާގެ މަތީގެ މައްޗަށް ކުރިއެރުން ބިނާކުރުން އެކަށައަޅާފައި. އަޅުގަނޑުމެން މިދަނީ އިންވެސްޓުމެންޓަށް ފަހިވާނެ، ވިޔަފާރިތަކަށް ރަހުމަތްތެރި މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރާައްޖެއަށް ބޭރުގެ އިންވެސްޓުމެންޓުތައް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން 40 އަހަރުވީ ގާނޫނީ އޮނިގަނޑު މުރާޖައާކޮށް އިންވެސްޓުމެންޓާ ބެހޭ އައު ގާނޫނެއް ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ އެ ގާނޫނުގެ ސަބަބުން އިންވެސްޓަރުންނަށް ސާފުކަމާއި ކަށަވަރުކަމާއި އިތުބާރު ލިބިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިކަމުގައި ކުރެވެމުންދާ މަސައްކަތަކީ ދިވެހި ވިޔަފާރިތައް ތަސައްރުފު ފުދިފައިވާ ދާއިރާތައް ހިމާޔަތްކުރުމާއެކު، ރާއްޖޭގެ ގައުމީ ތަރައްގީއަށް މުހިއްމު ދާއިރާތަކަށްް ބޭރުގެ ރައުސުލްމާލާއި ތަޖުރިބާއާއި ޓެކްނޮލޮޖީ އެތެރެކުރެވޭނެ މަގުތައް ފަހިކުރުމުގެ މަސައްކަތް ކަމަށެވެ.

ރައީސް ވިދާޅުވީ ހާއްސަ އިގުތިސާދީ ސަރަހައްދުތަކާ ބެހޭ ގާނޫނު އިސްލާހުކޮށް ސަސްޓެއިނަބަލް ޓައުންޝިޕުތަކަށް ފުރުސަތު ހުޅުވައިލުމަކީ ރާއްޖޭގެ އިގުތިސާދު އޭގެ އައު ހަރުފަތަށް އުފުލައިލުމަށް ދިވެހި ސަރުކާރުން ތައްޔާރުވެފައި އޮތްކަމުގެ މައްޗަށް ދަލީލުކުރާ ކަމެއް ކަމަށެވެ. މި ފިޔަވަޅަކީ ދުނިޔެއަށް މަޝްހޫރު ދިވެހި ފަތުރުވެރިކަން މުޅިން އައު ޒަމާނަކަށް ގެންގޮސްދިނުމަށް އެޅިގެންދާ ފިޔަވަޅެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

"ރެގިއުލޭޓަރީ އޮނިގަނޑުތައް އިސްލާހުކޮށް ފަސޭހަކޮށްދިނުމާއި، މުއައްސަސާތައް ހަރުދަނާކުރުމުގެ ތެރެއިން މިބައްޓަންކުރަނީ ހުޅުވާލެވިފައިވާ ދިރުންހުރި ބައިނަލްއަގުވާމީ ގޮތުން ވާދަވެރި އިގުތިސާއެއް. އެ އިގުތިސާދަކީ އިންވެސްޓަރުންނަށް އިތުބާރު ފެންނަ އުފެއްދުންތެރިކަމަށް ހިތްވަރު ލިބޭ އިގުތިސާދެއް،" ރައީސް ވިދާޅުވިއެވެ.

ގޫގުލްއިން ރާއްޖޭގައި ކުރިއަށްގެންދާ "ދިޔަވަރު" މަޝްރޫއަކީ ރާއްޖޭގެ ކުރިއެރުން ރަމްޒުކޮށްދޭ، އަދި ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމާއި، ޓެކްނޮލޮޖީގެ މައްޗަަށް ބިނާވެފައިވާ ކުރިއެރުމަށް މަގުފަހިކުރާ އިގުތިސާދެއްކަން ސާބިތުކޮށްދޭ މަޝްރުއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސަތުތައް ފާހަގަކުރެއްވުމަށްފަހު މިރޭގެ ފޯރަމުގެ ބައިވެރިންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ މިއަދު ރާއްޖެއިން ބޭނުންވަނީ މިހާރަށްވުރެ ތަނަވަސް ފުދުންތެރި އިންޑިޔާ ކަނޑެއް އުފެއްދުމުގައި އަވައްޓެރި ގައުމުތަކުގެ އެހީތެރިކަން ކަމަށެވެ. އަދި ލަންކާގެ ތަޖުރިބާއާއި ގާބިލުކަމާއި ރާއްޖެއާއި އޮތް ގާތްކަމުގެ ސަބަބުން އެ ގައުމަކީ ރާއްޖޭގެ އިގުތިސާދީ ތަރައްގީގެ ދަތުރުގައި މަރުކަޒީ ދައުރެއް އަދާކުރެވޭނެ ގައުމެއް ކަމަށް ވިދާޅުވިއެވެ.

މިހާރުވެސް ފަތުރުވެރިކަމާއި ދަތުރުފަތުރާއި އިމާރާތްކުރުމާއި ހިދުމަތުގެ ސިނާއަތްތަކުގައި މުހިއްމު ދައުރެއް ލަންކާ ވިޔަފާރިތަކުން އަދާކުރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު ފޯރަމުގައި ބައިވެރިވާ ލަންކާ ވިޔަފާރިތަކަށް ރާއްޖޭގައި ހުރި ތަފާތު އިގުތިސާދީ ފުރުސަތުތައް ދެނިގަތުމަށް ހާއްސަ ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.

ލަންކާގެ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ދައުވަތު ދެއްވުމާއެކު ރައީސް ފާހަގަކުރެއްވީ ދެ ގައުމުގެ މެދުގައި ދައުރުކުރާ އިންވެސްޓުމެންޓުތަކުގެ މުހިއްމު ކަމެވެ. އަދި ދިވެހި ވިޔާރިތައް ރާއްޖޭގެ އަސްދަނޑިން ބޭރުވުމަށް މަސައްކަތްްކުރާއިރު ލަންކާއަކީ ދިވެހި ވިޔަފާރިތަކަށް ވަރަށް ތަބީއީ އަދި އިސްތިރާޖީ މަންޒިލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC