
-
ނ.ވެލިދޫ ބޭރުގައި ވަދު ކަނދުފަތި އަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ނ.ވެލިދޫ ދެކުނުން 5.5 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ވަދު ކަނދުފަތީގެ ނަންބަރަކީ E09V04 އެވެ. އަދި މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 5°34.100’N އަދި 17.200 73°’E އެވެ.
މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެއެވެ. ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުންނެވެ.
ގުޅުންހުރި

ދެ އަތޮޅެއް ފިޔަވައި މުޅި ރާއްޖެއިން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގައި ބައިވެރިވާން ހުޅުވާލައިފި

ކަނޑުތަކުގެ ދުވަސް ފާހަގަކުރަން ބާއްވާ "ޑިސްކަވަރީ ބަބުލް" ޑައިވިންގ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި




