
"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގައި ބައިވެރިވާން ހުޅުވާލައިފި
# ފަރުމަސް# ފިޝަރީޒް މިނިސްޓްރީފަރުމަސް އާލާކުުރަން ދަސްކޮށްދޭ ޕްރޮގްރާމްގެ ފުރަތަމަ ކޯހުގެ ތެރެއިން- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދެވަނަ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުގުވެރިވާ މީހުން ބިނާކުރުމަށްޓަކައި މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ ޕްރޮގްރާމްގެ މި އަހަރުގެ ދެވަނަ ކޯސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އޮގަސްޓު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށް 14 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 15 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އަދި 15 ފަރާތަކަށްވުރެ ގިނައިން ބައިވެރިން ފޯމް ހުށަހަޅާފައިވާނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް މިނިސްޓްރީން ބުންޏެވެ.މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނާއެކު އެއް ކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްއަށް ހުށަހެޅުއްވުމަށް މިނިސްޓްރީން އެދިފައިވެ އެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ފޯމް ހުށަހެޅޭނެކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ ބައިވެރިން ކ.މަނިޔަފުށީގައި ތިބުމަށް ހަމަޖެހިފައިވާއިރު، ކޯހުގެ ބޭނުމަށް މާލެ އާއި މަނިޔާފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށެވެ.
މެރިން ހެޗަރީ ޕްރޮގްރާމް ފަދަ ފްރޮގްރާމްތަކަކީ، ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމްތަކެވެ.
ގުޅުންހުރި

"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގައި ބައިވެރިވާން ހުޅުވާލައިފި

ކަނޑުތަކުގެ ދުވަސް ފާހަގަކުރަން ބާއްވާ "ޑިސްކަވަރީ ބަބުލް" ޑައިވިންގ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މީދޫ އިން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި




