
އޭޝިޔާ މީޑިއާ ސަމިޓުގެ ތެރެއިން ދޫނިޔާ ޑައިވް ރެކްގައި މުރަކަ އިންދުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
# އެޗްޑީސީ-
ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ 21 ވަނަ އޭޝިޔާ މީޑިއާ ސަމިޓުގެ ތެރެއިން މާލެ ސަރަހައްދުގައި މުޅިން އަލަށް ތަރައްޤީކުރި ދޫނިޔާ ޑައިވް ރެކްގެ މުރަކަ އިންދުމުގެ ޚާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިި އެވެ.

ޕީއެސްއެމްއިން މިއަހަރު އިންތިޒާމުކުރާ 21 ވަނަ އޭޝިޔާ މީޑިއާ ސަމިޓުގެ ތެރެއިން މުރަކަ އިންދިމުގެ މި ޚާއްސަ އެކްސްކާޝަން ހަރަކާތް ކުރިޔަށް ގެންދިޔުމަށް މިއަދު އެޗްޑީސީއާއި ޕީއެސްއެމްއާއި ދެމެދު ވަނީ މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި ފަހުމުނާމާގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ހަސަން ޝަހީދު އެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަކީބް އެވެ.
މި ސަމިޓު މިއަހަރު ބާއްވަން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކުޑަގިރީގައި އެވެ. ދޫނިޔާ ޑައިވް ރެކަކީ އެޗްޑީސީން ކުޑަގިރި ފަޅުތެރޭގައި ތަރައްޤީކުރި ޚާއްސަ ޑައިވް ރެކެކެވެ.
އޭޝިޔާ މީޑިއާ ސަމިޓް ދިވެހިރާއްޖޭގައި ބޭއްވުމުގެ އެންމެ ފަހުގެ އިންތިޒާމްތައް ޕީއެސްއެމުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
އޭޝިއާ ސަރަހައްދުގެ މީޑިއާ ސަމިޓަކީ، ބްރޯޑްކާސްޓަރުންނާއި، އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި، މިދާއިރާގެ ތަޢުލީމީ އަދި ފަންނީ ބޭފުޅުންނާއި ސިޔާސަތު ހައްދަވާ ބޭފުޅުން އެއްތަނަކުން ބައްދަލުވެ ވަޑައިގެން މީޑިއާ އިންޑަސްޓްރީގެ މުސްތަޤްބަލު ބައްޓަންކޮށް، މުހިއްމު ނިންމުންތަކެއް މަޝްވަރާކުރެވޭ ޚާއްސަ ބައްދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުމުގައި 35 ޤައުމަކުން 200ށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ.
ގުޅުންހުރި

އޭޝިޔާ މީޑިއާ ސަމިޓުގެ ތެރެއިން ދޫނިޔާ ޑައިވް ރެކްގައި މުރަކަ އިންދުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ




