logoEN
WAMCO TOP 1
ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ފަސްޓް ލޭޑީ ޒިޔާރަތް ކުރައްވައިފި

ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ފަސްޓް ލޭޑީ ޒިޔާރަތް ކުރައްވައިފި

އަހުމަދު ޝުރާއު

logo

5/5/2026, 5:55:46 AM

# ރާއްޖެ - ސްރީލަންކާ

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޮޅުނބުގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަން އަށް ޒިޔާރަތް ކުރައްވައިފިއެވެ.

THE TRAVELLER AD

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހޮސްޕިޓަލަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ، ހޮސްޕިޓަލުގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ހޮސްޕިޓަލުގެ ތަޢާރަފެއް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށައަޅާފައިވެއެވެ. މީގެއިތުރުން ކަށީގެ ޚިދުމަތްތަކާ، އަދި ޕްލާސްޓިކް ސާރޖަރީ ވޯޑާ، ކުޑަކުދިންގެ ވޯޑަށް ވަޑައިގެން، އެތަންތަނުން އެވަގުތު ޚިދުމަތް ހޯއްދަވަމުން ގެންދެވި ފަރާތްތަކާ އެކަމަނާ ބައްދަލު ކުރައްވާފައި ވެއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހޮސްޕިޓަލުގެ މެހްމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވައި، ލިޔުއްވި ބަޔާނުގައި، ކުޑަކުދިންގެ ސިއްޙަތާ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ހޮސްޕިޓަލުން ކުރައްވަމުން ގެންދަވާ ހަރުދަނާ، ވިލުންތެރި މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައި ވެއެވެ.

ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަކީ، ސްރީލަންކާގައި ހިލޭ ސާބަހަށް ކުޑަކުދިންނަށް ޚިދުމަތް ދެމުންދާ އެންމެ ބޮޑު ހޮސްޕިޓަލެވެ.

ކޮމެންޓް
ފަހުގެ
HDC