logoEN
WAMCO TOP 1
އުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ފެށޭނެ - ރައީސް

އުކުޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ފެށޭނެ - ރައީސް

އަހުމަދު ޝުރާއު

logo

8/6/2026, 7:14:44 AM

# ރައީސް މުއިއްޒު

-

ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ތަރައްޤީގެ ހުރިހާ މަސައްކަތްތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު ނިންމަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އއ. އުކުޅަހުގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތަކާ އެއްގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އުކުޅަހުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް، އެރަށުން މިހާރު ހިއްކާފައިވާ ބިމަށް އިތުރު 2 ހެކްޓަރު އިތުރުކޮށްދެއްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ.

އުކުޅަހުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އީއައިއޭ ނިންމާލުމަށްފަހު، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ވެރިކަމާ ހަވާލުވިއިރު އިޤްތިޞާދު ވެއްޓިފައި އޮތް އަނދަވަޅުން ނަގައިގަތުމުގެ މަސައްކަތާއެކު، ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ޒުވާނުންނާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް ލޯނުތަކުގެ އިތުރުން އެކި ފުރުޞަތުތައް ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭން ބަރާބަރަށް ތަންފީޒުކުރަމުން މިގެންދަނީ. 2028 ގެ ދެވަނަ ކުއާޓަރާ ހަމައަށް ދާންވާއިރަށް ފުރިހަމަ ޔަޤީންކަން ދެން، އަޅުގަނޑުމެންގެ މި ވަޢުދުތައް ފުއްދުމުގައި ފުރިހަމަ ކާމިޔާބީ ހާސިލް ކުރާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC