logoEN
WAMCO TOP 1
ސިޔާސީ މަސްރަޙު ހަލަބޮލިކުރަން އުޅޭ ފަރާތްތަކަށް ފުރުޞަތު ނުދީ، މާޒީން ޢިބުރަތް ޙާޞިލުކުރަންޖެހޭ - ރައީސް

ސިޔާސީ މަސްރަޙު ހަލަބޮލިކުރަން އުޅޭ ފަރާތްތަކަށް ފުރުޞަތު ނުދީ، މާޒީން ޢިބުރަތް ޙާޞިލުކުރަންޖެހޭ - ރައީސް

އަހުމަދު ޝުރާއު

logo

8/6/2026, 8:16:32 AM

# ރައީސް މުއިއްޒު

-

ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ރާއްޖޭގައި ޖާގައެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރޭ އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ ގައުމަށް ހަމަޖެހުން ގެނައުން ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް ބަދަލުހިފުމުގެ ރޫހު އެއްކޮށް ނައްތާލައި، ގައުމަށް މަންފާކުރާނެ ވިސްނުން ގެންގުޅުމަކީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެންމެ މުހިންމީ ގައުމު އިސްކުރުން ކަމަށް ވީނަމަވެސް، މިއަދުގެ ސިޔާސީ މަސްރަހުން އެ މަންޒަރު ފެންނަމުން ނުދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް، އަމިއްލަ މަސްލަހަތު އިސްކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގައުމު އިސްނުކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުންދަނީ. ގައުމަށް ރަނގަޅުކަމެއް ކުރާކަމުގައި ވަންޏާމު، ރައްޔިތުންނަށް ރަނގަޅުކަންތައް ފޯރުކޮށްދޭނެ ކަމަށްވަންޏާ އެކަންކަމަކީ ހަމަ ރަނގަޅު ކަންތައްތައް. އެކަންކަމަށް އިދިކޮޅު ސިޔަސީ ފަރާތްތަކުން ޖެހޭނެ އެޔަށް އެއްބާރުލުންދޭން. އެއީ ގައުމު އިސްކުރާނަމަ ކަންތައްތައް އޮންނާނެ ގޮތަކީ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތައް ދެނެގަނެ، މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބުރަތް ހާސިލްކޮށް، ބުއްދީގެ ބޭނުންކޮށްގެން ކަންކަން ވަޒަންކުރަން އެނގޭ ބަޔަކަށް ރައްޔިތުން ވާންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން މިގޮތުގައި ސާބިތުވެ ތިބެޖެހިނަމަ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނުރައްކަލަށް ވައްޓާލައި، އިގުތިޞާދު އަނެއްކާވެސް އަނދަވަޅަކަށް ވައްޓާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާޒީގައި ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް ކަމަށާއި، މިހާރު ދައްކާ ވާހަކަތަކުގެ އޮށްޓަރެއް ހުރިތޯ ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ގައުމު އިސްކުރުމުގެ ސިފަ އަށަގަންނުވައިފިނަމަ ގައުމުގެ ކަންތައްތައް ހަމަމަގުން ގޮސް، އުފާފާގަތި ދުވަސްތަކެއް ރައްޔިތުންނަށް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC