
ހުޅުމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއު: ވިނަރެސް ސަރަހައްދުގެ ބައެއް މަގުތައް ބަންދުވާނެ!
# އެޗްޑީސީ-
ހުޅުމާލޭގައި އެޗްޑީސީން ކުރިޔަށްގެންދާ މަގު ހެދުމުގެ މަޝްރޫއުއަށް ވިނަރެސްގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ކުރިޔަށްގެންދާ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ވިނަރެސް 5،6،7 އަދި 8 ގެ ހުޅަނގަށްވާ މަގު ހެދުމަށްޓަކައި އެ އިމާރާތްތަކަށް އުޅަނދުފަހަރު ވަދެނުކުތުމަށް މިހާރު ބޭނުންކުރާ އެންޓްރެންސް 1 ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
އަދި މި މަސައްކަތަށް އެ ސަރަހައްދު ބަންދުކުރެވިފައިވާތީ މި މުއްދަތުގައި އެ އިމާރާތްތަކަށް ވަދެނިކުތުމަށް އެ އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ މަގު ބޭނުންކުރެއްވުމަށް ވަނީ އެދިފައި އެވެ.
މިއާއިއެކު ވިނަރެސްގެ އެ ޓަވަރުތަކުގައި ދިރިއުޅޭ އަދި އެ ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން މި އިންތިޒާމުތަކަށް ސަމާލުކަން ދެއްވުމަށް އެޗްޑީސީން ވަނީ އެދިފައި އެވެ.
ގުޅުންހުރި

ހުޅުމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއު: ވިނަރެސް ސަރަހައްދުގެ ބައެއް މަގުތައް ބަންދުވާނެ!
މަދިރި ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގެ 308 ތަނެއް ބަލައިފި
ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވަގުތީ މަސް މާރުކޭޓު ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި




