logoEN
WAMCO TOP 1
ރައީސްގެ ދެ ކަނބަލުންނަށް ލަންކާއިން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސްގެ ދެ ކަނބަލުންނަށް ލަންކާއިން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

# ރައީސް މުއިއްޒު

-

ސްރީލަންކާ އިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދަށް ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފިއެވެ.

THE TRAVELLER AD

ލަންކާއިން ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވާފައިވަނީ އެކަމައްޓަކައި ސްރީލަންކާގެ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ރަސްމީއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަށް 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި އެމަނިކުފާނަށް ރަސްމީ ކުރުނީހެއްވެސް އަރުވާފައިވެއެވެ. ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ ޤައުމީ ސަލާމުންނެވެ.

މިރަސްމީއްޔާތުގައި ސްރީލަންކާގެ ސަރުކާރުގެ އިސްވެރިން ވަނީ ބައިރިވެވަޑައިގަންނަވާފައެވެ. އަދި ދިވެހި ސަރުކާރުގެ ވަފުދުގެ ފަރާތުން މި ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މިހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ކޮމެންޓް
ފަހުގެ
HDC