logoEN
WAMCO TOP 1
ރައީސްގެ ދެކަނބަލުންނަށް ސްރީލަންކާއިން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސްގެ ދެކަނބަލުންނަށް ސްރީލަންކާއިން ހޫނު މަރުހަބާއެއް ދަންނަވައިފި

# ރައީސް މުއިއްޒު# ރާއްޖެ - ސްރީލަންކާ

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ވަޑައިގަތުމުން ދެންނެވި ހޫނު މަރުހަބާގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަށް ސްރީލަންކާއިން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

THE TRAVELLER AD

4 ދުވަހުގެ މުއްދަތަކަށް ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވީސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށެވެ.

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވާފައިވަނީ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގައި ސްރީލަންކާގެ ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކްގެ ޕްރައިމް މިނިސްޓްރު ޑރ. ހަރިނީ އަމަރަސޫރިޔާ އެވެ.

View post on Twitter

މަރުހަބާ ދެންނެވުމުގެ ގޮތުން ސަގާފީ ގުރޫޕެއްގެ މަރުހަބާ ޕާފޯމަންސެއް އަދި ރަސްމީ ގެސްޓް ބުކްގައި ސޮއި ކުރުމުގެ ހަރަކާތެއް ކުރިއަށްގެންދިޔަ އެވެ.

މި ދަތުރުފުޅުގައި ރައީސް ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސޯދީ އެއްބާރުލުމާއި، ހިނގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގްވާމީ މައިދާންތަކުގައި އެކުގައި މަސައްކަތް ކުރެވޭނެ އާ މަގުތައް ހޯދުމާ ގުޅޭގޮތުންވެސް ދެ ގައުމުގެ އިސްވެރިންނާއިއެކު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ރައީސް މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި ބައިވެރިވެޑައިގަތުމަށް ހަމަޖެހިފައިވާއިރު، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ، 1965 ޖުލައި 26 ގައެވެ.

ކޮމެންޓް
ފަހުގެ
HDC