
ރައީސް ޑރ.މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރަމާނަ ދަތުރުފުޅެއްގައި ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން މިއަދު މެނދުރު ފުރާވަޑައިގެންނެވިއިރު، މިއީ މިއަދުން ފެށިގެން މިއަންނަ 6 ވަނަ ދުވަހާ ހަމައަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކުރައްވާ ފުރަތަމާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސޯދީ އެއްބާރުލުމާއި، ހިނގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގްވާމީ މައިދާންތަކުގައި އެކުގައި މަސައްކަތް ކުރެވޭނެ އާ މަގުތައް ހޯދުމާ ގުޅޭގޮތުންވެސް ދެ ގައުމުގެ އިސްވެރިންނާއިއެކު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ރައީސް މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި ބައިވެރިވެޑައިގަތުމަށް ހަމަޖެހިފައިވާއިރު، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ، 1965 ޖުލައި 26 ގައެވެ.
ގުޅުންހުރި
ރައީސްގެ ދެކަނބަލުންނަށް ސްރީލަންކާއިން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސްގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން - ރައީސް




