
މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތަށް ޗައިނާގެ ޓީމެއް މިމަހު ރާއްޖެ އަންނާނެ - މުއްޠަލިބު
# އަބްދުالله މުއްތަލިބު# މާލޭގެ މަގު-
މާލޭގެ މަގުތަކުގެ ޑިޒައިންގެ މަސައްކަތް ކުރުމަށް ޗައިނާގެ ޓީމެއް މި މަހު ރާއްޖެ އަންނާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، ކޮންމެ ޤައުމަކުންވެސް ހިލޭ އެހީދިނުމުގެ ކަންކަމަކީ، ޚާއްސަ އުސޫލުތަކާއި ގަވާއިދުތަކެއް ކަނޑައަޅާފައިވާ ކަންކަން ކަމަށާއި، މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ އެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން، ޗައިނާއިން ހިންގާ މިފަދަ މަޝްރޫޢުތަކުގައި ފީސިބިލިޓީ އާއި ސާވޭ އާއި ޑިޒައިނިން އަދި ކޮންސްޓްރަކްޝަން ކަންކަން ވަކިން ޓެންޑަރކޮށް، ޕްރޮކިޔަރ ކުރާ ކަމަށާއި މަސައްކަތް ލަސްވެގެންދަނީ އެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ މާލޭގެ މަގުހެދުމުގެ މަޝްރޫއުގެ ފީޒަބިލިޓީ ސްޓަޑީސްގެ މަސައްކަތް ނިމި، ސާވޭ އަދި ޑިޒައިން މަސައްކަތް ކުރުމަށް ބަޔަކު މިހާރު ހޮވާފައިވާ ކަމަށެވެ. އަދި ސާވޭ، ޑިޒައިން މަސައްކަތް ކުރުމަށް އެ ޓީމު މި މަހު، މާލެ އަންނާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ސާވޭ، ޑިޒައިން މަސައްކަތް ނިމުމުން ޗައިނާގައި ކުރިއަށް ދާނީ ކޮންޓްރެކްޓަރެއް ހޮވުމުގެ މަސައްކަތް ކަމަށާއި އެ ކޮންޓްރެކްޓަރު ހޮވުނީމަ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެހެންވެ، ޗައިނާ އިން ކަނޑައަޅާފައިވާ ގޮތަށް މި މަޝްރޫއު ކުރިއަށް ދާނެ ކަމުގެ ޔަގީންކަން މުއްތަލިބް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު 2024ވަނަ އަހަރު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީވުމަށްޓަކާ ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ޗައިނާ އިން ވަނީ ހަމަޖައްސާދީފަ އެވެ. މާލެ އާއި ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މި ހިލޭ އެހީގެ ދަށުންނެވެ.
ގުޅުންހުރި

މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތަށް ޗައިނާގެ ޓީމެއް މިމަހު ރާއްޖެ އަންނާނެ - މުއްޠަލިބު

މި ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަދާނީ ބިން ހިއްކާފައި - މުއްތަލިބް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިޔާއަށް ފްލެޓަށް އެދެވޭގޮތް ހަދަނީ




