logoEN
WAMCO TOP 1
ފުލުހުންގެ ހޮޓްލައިންތަކަށް ދިމާވި މައްސަލަ ހައްލުކޮށްފި

ފުލުހުންގެ ހޮޓްލައިންތަކަށް ދިމާވި މައްސަލަ ހައްލުކޮށްފި

# ފުލުހުން

-

911 ހިމެނޭހެން ފުލުހުންގެ ހޮޓްލައިން ނަންބަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފިއެވެ.

THE TRAVELLER AD

ފުލުހުން މީގެ ކުރިން ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން 911 ހިމެނޭހެން ފުލުހުންގެ ހޮޓްލައިން 3322111 އަދި 3322112 މައްސަލަ ދިމާވެފައިވާ ކަމަށެވެ.

މި މައްސަލަ ދިމާވިތާ ގާތްގަނޑަކަށް 45 މިނެޓް ފަހުން ފުލުހުން ވިދާޅުވީ، ލައިންތަކަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށެވެ. އަދި އާއްމުންނަށް މިހާރު އެ ނަންބަރު ތަކަށް ގުޅޭނެކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.،

ކުއްލި ހާލަތެއް ދިމާވެ ފުލުހުންގެ ހޮޓްލައިންތަކަށް ނުގުޅިއްޖެ ނަމަ 9888999 އަށް ގުޅުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC