
-
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އިމަޖެންސީ 911 ލައިންގެ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

ފުލުހުން ވިދާޅުވީ، އިމަޖެންސީ ލައިން، 911 އާއި ހޮޓްލައިންތައް ކަމުގައިވާ 3322111 އަދި 3322112އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޚިދުމަތަށް ބުރޫ އަރާފައިވާ ކަމަށެވެ. އެ ނަންބަރުތަކަށް ދިމާވި މައްސަލަ ހައްލުކޮށް، ވީހާވެސް އަވަހަށް ޚިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ނުވަތަ އެހީތެރިކަމެއް ބޭނުންވާނަމަ 9888999 އަށް ގުޅުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.






