logoEN
WAMCO TOP 1
އިސްދޫގައި އިމާރާތްކުރަމުންދާ މިސްކިތުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

އިސްދޫގައި އިމާރާތްކުރަމުންދާ މިސްކިތުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

5/3/2026, 2:32:29 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

ލ އިސްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

THE TRAVELLER AD

އެވުޒާރާއިން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކޮށްފައެވެ. އެގޮތުން އެވުޒާރާއިން ބުނީ އިސްދޫގައި އިމާރާތްކުރަމުންދާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތުގެ 70 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

ސަރުކާރުން މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

މިއީ 19 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ޒަމާނީ ފަރުމާއަކަށް ބިނާކުރާ މި މިސްކިތަށް ބޭނުންވާ ކަރަންޓު އުފެއްދުމަށްޓަކައި ސޯލާ ސިސްޓަމް ހަރުކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، މި މިސްކިތުގައި އަންހެނުން ނަމާދުކުރުމަށް ޚާއްޞަ ވަކި ސަރަޙައްދެއް ހިމެނޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC