logoEN
WAMCO TOP 1
ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އުމުރުން 14 އަހަރުގެ އަލްޙާފިޡް މިޛްއާން އަށް ވަޒީރު ޝަހީމުގެ މަރުހަބާ!

ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އުމުރުން 14 އަހަރުގެ އަލްޙާފިޡް މިޛްއާން އަށް ވަޒީރު ޝަހީމުގެ މަރުހަބާ!

އަހުމަދު ޝުރާއު

logo

4/30/2026, 7:11:39 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އުމުރުން 14 އަހަރުގެ އަލްޙާފިޡް އިބްރާހީމް މިޛްއާން އާދަމް (ތިޔަރި، ޅ. ނައިފަރު) އާއި ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އަލްޙާފިޡް އިބްރާހީމް މިޛްއާން އާދަމް ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ކީރިތި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ނަސޭޙަތްތެރިވެލައްވާ ހިއްވަރު ދެއްވާފައެވެ.

އަލްޙާފިޡް އިބްރާހީމް މިޛްއާން އާދަމް ޙާފިޡުކަމުގެ ސަނަދު ހާސިލްކުރީ 25 މާރިޗު 2026 ގައެވެ. އަދި ސަނަދު ހާސިލްކޮށްފައިވަނީ 1 މަސް ދުވަސްތެރޭ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ކިޔުއްވާ 1 ވަނަ ދަރަޖައިގައި ފާސްވެގެންނެވެ.

ކޮމެންޓް
ފަހުގެ
HDC