
ރަށްވެހިކަން މާލެއަށް ބަދަލުކުރިތާ އަހަރެއް ނުވިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭގޮތް ހަދައިފި
# މިނިސްޓްރީ އޮފް އިންފްރާންސްޓަކްޗާ، ހައުސިންގް، އާބަން ޑިވެލޮޕްމަންޓް# ބޯހިޔާވަހިކަންހުޅުމާލެ ފޭސް 2
ރަށްވެހިކަން މާލެއަށް ބަދަލުކުރިތާ އަހަރެއް ނުވިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭގޮތައް ގަވައިދު އިސްލާހުކޮށް، ފޯމަށް ބަދަލުގެނެސްފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓަކްޗާ، ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް އިން ބުނެފި އެވެ.

ހައުސިންގް މިނިސްޓްރީން ވަނީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ރަށްވެހިކަން މާލެއަށް ބަދަލުކޮށް އަހަރުވެފައިވާ ފަރާތްތަކަށް އޮތް އުސޫލަށް ބަދަލު ގެނައުމުގެ ދަށުން، މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރު ނުވިނަމަވެސް މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށް އެ ކެޓަގަރީގެ ޝަރުތު ފުރިހަމަވާނަމަ އެޕްލައި ކުރެވޭނެހެން ފޯމަށް ބަދަލުގެނެސްފަ އެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ "މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް" ކަން އެނގޭނެ ލިޔުކިޔުމާއެކު މާލޭގައި ރަށްވެހިވާ ތާރީހު އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމްއަކީ، މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން ވަކިން ގޯތިތަކަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ދޭ ފުރުސަތެކެވެ.
މީގެއިތުރުން ދެން ހިމެނެނީ ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމްއަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކުގެ ކެޓަގަރީ އެވެ. އަދި ސަރުކާރުން ވަނީ މިހާރު "ގޯތިގެދޮރު" ޕްރޮގްރާމުގެ "ބިންވެރިޔާ" ގެ ހާއްސަ ސްކީމްގެ ދަށުން މިހާރު ކެޓެގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ 2 ބަޔަކަށެވެ. އެއީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތަކުން ގޯތި ދޫކޮށް ފްލެޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި އަދި ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކެވެ.
ގުޅުންހުރި

ރަށްވެހިކަން މާލެއަށް ބަދަލުކުރިތާ އަހަރެއް ނުވިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭގޮތް ހަދައިފި

ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، ގައުމުގެ ހަމަޖެހުން ނަގާލައިގެން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ- މިނިސްޓަރު މުއްތޮލިބު

މި ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަދާނީ ބިން ހިއްކާފައި - މުއްތަލިބް




