
--
ހއ ބާރަށުގައި ސިހުރު ހަދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ބާރަށުގައި ސިހުރު ހާހޫރު ހަދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދުގެ ހެނދުނު 07:00 އިން ފެށިގެން ކުރިޔަށް ގެންދެވުނު އޮޕަރޭޝަންގައި އެރަށުގައި 8 ތަނެއް ބަލާފާސްކޮށް މައްސަލައާއި ގުޅުންހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި މި މައްސަލައިގެ ތުހުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށް ފަހު އެމީހުންވަނީ ދޫކޮށްލާފައިކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަން ހާމަކުރި ނަމަވެސް ފުލުހުން މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ގުޅުންހުރި

ބާރަށުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!
.png&w=3840&q=75)
ބާރަށުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ބާރަށުގައި ސިހުރު ހަދާކަމުގެ މައުލޫމާތާއި އެކު ބޮޑު އޮޕަރޭޝަނެއް!




