
--
ހއ ބާރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް އިތުރު އިންޖީނެއް ގެންގޮސްފި އެވެ.

އެރަށުގެ ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ބާރަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް އައު އިންޖީނެއް މިހާރު އެރަށަށް ގެންދެވިފައިވާ ކަމަށެވެ.
އެގޮތުން އެރަށް ފެނަކައިން ގެންގޮސްފައިވަނީ 600 ކވ ގެ އައު އިންޖީނެކެވެ. ފެނަކައިން ބުނީ އައު އިންޖީނު އިންސްޓޯލްކުރުމުގެ ޕްރިލިމިނަރީ މަސައްކަތް މިއަދު ފެށޭނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި, ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ދަނީ އެކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގިނަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ފާއިތުވި އެއް އަހަރުގެ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް އެކުންފުނިން ވަނީ ކޮށްފައެވެ.
ގުޅުންހުރި

ބާރަށުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!
.png&w=3840&q=75)
ބާރަށުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ބާރަށުގައި ސިހުރު ހަދާކަމުގެ މައުލޫމާތާއި އެކު ބޮޑު އޮޕަރޭޝަނެއް!




