
-
ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ހއ. އަތޮޅުން ފެށިގެން ހުވަދު އަތޮޅާ ހަމައަށް ގުގުރުމާއެކު ވިއްސާރަކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އިދާރާއިން ބުނީ ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.
މޫސުމާބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް މިއަދު 14:00 އިން މިރޭ 20:00 އާއި ހަމައަށެވެ.





