.jpg&w=3840&q=75)
އިހްސާނަށް ރުހުންދޭން އެމްޑީޕީގެ މެމްބަރުން ދިން ވޯޓާއިއެކު ޝުޖާއުގެ ޝުކުރު: " ރައީސްގެ މަސައްކަތަށް އިދިކޮޅުގެ ތާއީދުއޮތްކަން ހާމަވޭ"
# ޕީއެންސީ-
ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގުނު ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން އިހްސާނާއި އެއްކޮޅަށް ދިން ވޯޓަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދުއޮތްކަން ހާމަވާ ކަމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މި މަހުގެ މެދުތެރޭގައި އަލުން އެމަނިކުފާނުގެ ކެބިނެޓު އެކަލަވާލެއްވުމާއިއެކު އައު ވަޒީރުންނާއި މަގާމުތަކަށް ބަދަލުތައް ގެނެވުނު ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވަނީ ވޯޓު ނަގާފައި އެވެ. މި ވޯޓުގައި އެމްޑީޕީގެ މެމްބަރުންވެސް ވަނީ ވަޒީރުންނަށް ރުހުން އޮތް ކަމަށް ވޯޓުދީފައި އެވެ. ވަކީން ޚާއްސަކޮށް އިދިކޮޅުގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވަމުންދިޔަ ހޯމް މިނިސްޓަރު އަލީ އިހްސާނުއަށްވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 8 މެމްބަރަކު ވަނީ ވޯޓުދީފައި އެވެ.
އެގޮތުން އިހުސާނުއަށް ރުހުން ދޭން ވޯޓުދިން އެމްޑީޕީގެ މެމްބަރުންނަކީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް އާއި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު އާއި ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު އާއި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު އާއި މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީގެ އިތުރުން އެޕާޓީގެ ޗެއާޕަސަންކަންވެސް ކުރައްވާ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ހޯމް މިނިސްޓަރ އަލީ އިޚްސާނަށް އެމްޑީޕީ ތާއީދުކޮށް ވޯޓް ދެއްވުމުން ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް އެމުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައި ދެއްވުމަށާއި ބިދޭސީންގެ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ޑރ މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދުއޮތްކަން ހާމަވާ ކަމަށެވެ.
އަދި މިފަދަ ހެޔޮވިސްނުން އެމްޑީޕީ ގެ މަޖިލިސް މެމްބަރުންގެ ވިސްނުންފުޅަށް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ސިޔާސީ މަސައްކަތުގައި އެކޮލިޓީ ހުންނަންވާނެ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އިހްސާނަށް ރުހުންދޭން އެމްޑީޕީގެ މެމްބަރުން ދިން ވޯޓާއިއެކު ޝުޖާއުގެ ޝުކުރު: " ރައީސްގެ މަސައްކަތަށް އިދިކޮޅުގެ ތާއީދުއޮތްކަން ހާމަވޭ"

އިންތިހާބުގައި ކެންދޫއިން ޕީއެންސީޢަށް ލިބުނު ކާމިޔާބީ ފާހަގަކުރަނީ




