logoEN
WAMCO TOP 1
އިންތިހާބުގައި ކެންދޫއިން ޕީއެންސީޢަށް ލިބުނު ކާމިޔާބީ ފާހަގަކުރަނީ

އިންތިހާބުގައި ކެންދޫއިން ޕީއެންސީޢަށް ލިބުނު ކާމިޔާބީ ފާހަގަކުރަނީ

އަހުމަދު ޝުރާއު

logo

4/30/2026, 7:03:16 AM

# ޕީއެންސީ

-

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ބ ކެންދޫއިން ޕީއެންސީޢަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ނިންމައިފި އެވެ.

THE TRAVELLER AD

ޕީއެންސީން ބުނީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ބ. ކެންދޫ ގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ޚާއްޞަ ޙަފްލާގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ޕާޓީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ތާއީދު ކުރައްވާ އެންމެހާ ބޭފުޅުންނަށް ދަޢުވަތު އަރުވާ ކަމަށެވެ.

އެގޮތުން މި ހަފްލާ ބާއްވަން ނިންމާފައިވަނީ މިރޭ 20:30 ހާއިރު މާލޭގައި ހުންނަ ކޮންގްރެސް ޕާޓީ އޮފީސް (ހ. ވެޔޮވިލާ) ގައި އެވެ.

View post on Twitter

އިންތިހާބުގައި ކެންދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބުކުރީ ވެރިކަން ކުރާ ޕީއެންސީއިންނެވެ.

ކޮމެންޓް
ފަހުގެ
HDC