
އަދަދު ޑޮކިއުމެންޓަރީގައި ހުރީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް، އެއީ ދޮގެއްކަން ޚަތިމުގައި އަތްލައިފައި ހުވާކުރަން ކެރޭނެ - ފަލާހް
# ޕީއެންސީ-
އަދަދުން މިދިޔަ މަހު ނެރުނު ޑޮކިއުމެންޓަރީގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއި ގުޅިގެން ދައްކާފައި ހުރި ވާހަކަތަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ޚަތިމުގައި އަތްލައިފައި ހުވާކުރަން ކެރޭނެކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

ފަލާހް މިފަދައިން ވިދާޅުވީ ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަދަދުގެ ޑޮކިއުމެންޓަރީއާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ފަލާހް ވިދާޅުވީ އަދަދުން އާންމުކުރި ޑޮކިއުމެންޓަރީގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒޭ ކިޔައިގެން ހާމަކޮށްފައިވަނީ ހަގީގަތާ ޚިލާފު، ނުބައި، ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އަމިއްލަ ނަފުސު ނޫން އެހެން މީހެއްގެ މައްޗަށް ކަމެއްގައި އިތުބާރުކުރާނަމަ ރައީސަކީ އެފަދަ ކަމެއް ނުކުރައްވާނެ ބޭފުޅެއްކަން 100 ޕަސެންޓަށް އިތުބާރުކުރައްވާ ކަމުގައި ފަލާހް ވިދާޅުވިއެވެ.
".އަޅުގަނޑަށް ޚަތިމުގައި އަތްލައިފަ ވެސް ހުވާކުރަން ކެރޭ ވަރުގެ ކަމެއް އެއީ، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ގޮތުން އެ ދައްކާ ވާހަކައަކީ ދޮގެއްކަން، 100 ޕަސެންޓު ދޮގު ވާހަކައެއް،" ފަލާޙް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އޮންނަނީ ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން، ވަކި ހުދޫދުތަކެއްގެ ތެރެއިން ކަމަށާއި ފުލުހުން އަދަދު ނޫހުގެ އިދާރާއަށް ވަދެ، އެ ތަން ބަލައި ފާސްކޮށް، އެ ތަނުން އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައި ވަނީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ގަބޫލުފުޅުކުރައްވާކަމުގައި ފަލާހް ވިދާޅުވިއެވެ.
އަދި ރައީސަކީ އިސްލާމްދީނަށް ލޯބިކުރައްވައި، ދީނަށް ހުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅެއް ކަން ފާހަގަކުރައްވައި ފަލާހް ވިދާޅުވީ އެހެންކަމުން، އެ ޑޮކިއުމެންޓަރީގައި ކޮށްފައިވާ އެއްވެސް ތުހުމަތެއް ރައީސް ކުރައްވައިފައި ނުވާކަމަށެވެ.
ގުޅުންހުރި

އަދަދު ޑޮކިއުމެންޓަރީގައި ހުރީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް، އެއީ ދޮގެއްކަން ޚަތިމުގައި އަތްލައިފައި ހުވާކުރަން ކެރޭނެ - ފަލާހް
މަންދޫ ކައުންސިލްގެ އިންތިހާބު މެމްބަރު ޝަހީމާ އިދިކޮޅު އެމްޑީޕީ ދޫކޮށް ވެރިކަން ކުރާ ޕީއެންސީއަށް!
ހިތަދޫ އުތުރު ބައި އިލެކްޝަން: ޕީއެންސީގެ ޓިކެޓު ސައީދަށް!
.webp&w=3840&q=75)



