.webp&w=3840&q=75)
ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ސިނާން، ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމައިފި
# ހިތަދޫ# މުހައްމަދު ސިނާން# ރައްޔިތުންގެ މަޖިލިސް# ޕީއެންސީހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ސިނާން
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ ބައި އިލެކްޝަންގައި ވެރިކަންކުރާ ޕާޓީ ޕީއެންސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކުރި މުހައްމަދު ސިނާން ބައި- އިލެކްޝަންގައި ވާދަ ނުކުރަން ނިންމައިފި އެވެ.

ސިނާން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ މި ނިންމެވުން ނިންމާފައިވަނީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށްފަހު ޕާޓީއަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ.
ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުން، މިފަހަރުގެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވުން އެންމެ ގާތީ އޭނާ ފަހަތައް ޖެހިވަޑައިގަންނަވާ އާ ބޭފުޅަކަށް ފުރުސަތު ދިނުން ކަމުން، އެގޮތައް ނިންމާފައިވާކަމަށް ސިނާން ވިދާޅުވި އެވެ.
މީގެއިތުރުން ސިނާން ވިދާޅުވީ ފާޓީގެ ރައީސްއަށާއި ލީޑާޝިފަށް މިކަން އަންގާފައިވާއިރު، ޕާޓީން މި ނިންމުން އިހްތިރާމްއާއެކު ބަލައިގަނެފައިވާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަނުކުރިނަމަވެސް ޕާޓީގެ ފަރާތުން ދެން ނުކުންނަ ކެނޑިޑޭޓަކު ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި އޭނާގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ކަމުގެ ޔަގީންކަން ސިނާން ދެއްވި އެވެ.
“އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ ހުރިހާ ރައްޔިތުން އައު ރޫހެއްގައި އަޅުގަނޑާއެކު ނުކުމެ އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓް އިންތިޚާބު ކޮށްދެއްވުމެވެ،” ސިނާންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕާޓީގެ ޕްރައިމަރީގައި އޭނާއަށް ތާއީދުކުރި މެންބަރުންނަށް ޝުކުރު އަދާކުރައްވަމުން ސިނާން ވިދާޅުވީ، ޕާޓީން ކެނޑިޑޭޓަކު ދެއްކިހާ އަވަހަކަށް އެ ބޭފުޅަކާއެކު ދާއިރާގެ ރައްޔިތުންގެ ގާތަށް ކެމްޕޭނަށް ނުކުންނަވާނެ ކަމަށެވެ. މީގެ އިތުރުން ޕްރައިމަރީގެ ކާމިޔާބީއަށްފަހު ޕާޓީގެ ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށްޓަކައިވެސް އޭނާ ވަނީ ޝުކުރު ދަންނަވާފަ އެވެ.
ގުޅުންހުރި

އަދަދު ޑޮކިއުމެންޓަރީގައި ހުރީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް، އެއީ ދޮގެއްކަން ޚަތިމުގައި އަތްލައިފައި ހުވާކުރަން ކެރޭނެ - ފަލާހް
މަންދޫ ކައުންސިލްގެ އިންތިހާބު މެމްބަރު ޝަހީމާ އިދިކޮޅު އެމްޑީޕީ ދޫކޮށް ވެރިކަން ކުރާ ޕީއެންސީއަށް!
ހިތަދޫ އުތުރު ބައި އިލެކްޝަން: ޕީއެންސީގެ ޓިކެޓު ސައީދަށް!
.webp&w=3840&q=75)



