ހިތަދޫ އުތުރު ބައި އިލެކްޝަން: ޕީއެންސީގެ ޓިކެޓު ސައީދަށް!
# ރައްޔިތުންގެ މަޖިލިސް# ޕީއެންސީ# ހިތަދޫ އުތުރުސައީދު އަދި ސިނާން --
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓް ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދަށް ދޭން ނިންމައިފި އެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕާޓީގެ ނާއިބު ރައީސް އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ބެހޭ ވަަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ބައި އިލެކްޝަންގައި ވާދަނުކުރަން ނިންމުމާއެކު، ޕްރައިމަރީއެއް ދެން ބާއްވާނެ އިތުރު ވަގުތު ނެތުމުން ކޮންގްރެސްގެ ޓިކެޓް ސައީދަށް ދޭން ނިންމާފައިވާ ކަމަށެވެ.
ބައި އިލެކްޝަންސްގައި ވާދަކުރާނެ ކޮންގްރެސްގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވި އެވެ. ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދާ ވާދަކޮށް މި ޕްރައިމަރީ ކާމިޔާބުކުރީ އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން އެވެ. ނަމަވެސް މިދިޔަ ތިން ދުވަހު ދާއިރާގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމާފައިވާ ކަމަށް ސިނާން ވިދާޅުވި އެވެ.
މިގޮތަށް ނިންމި ނަމަވެސް ޕާޓީއަށް ގޮނޑި ހޯދައިދިނުމަށް ފުރިހަމައަށް މަސައްކަތްކުރައްވާނެ ކަމަށް ސިނާންވަނީ ވިދާޅުވެފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.
ގުޅުންހުރި

އަދަދު ޑޮކިއުމެންޓަރީގައި ހުރީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް، އެއީ ދޮގެއްކަން ޚަތިމުގައި އަތްލައިފައި ހުވާކުރަން ކެރޭނެ - ފަލާހް
މަންދޫ ކައުންސިލްގެ އިންތިހާބު މެމްބަރު ޝަހީމާ އިދިކޮޅު އެމްޑީޕީ ދޫކޮށް ވެރިކަން ކުރާ ޕީއެންސީއަށް!
ހިތަދޫ އުތުރު ބައި އިލެކްޝަން: ޕީއެންސީގެ ޓިކެޓު ސައީދަށް!
.webp&w=3840&q=75)



