
ހިތަދޫ އުތުރަކީ ޕީއެންސީއަށް ވަރަށް ބޮޑަށް ތާއީދު އޮތް ދާއިރާއެއް، އިންތިހާބުގެ ކެމްޕެއިނަށް ވަރަށް ފުރިހަމައަށް ޕާޓީ ތައްޔާރު - ޝިޔާމް
# އަހުމަދު ޝިޔާމް-
އަންނަ ޖޫން މަހު ބާއްވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި އިލެކްޝަނުގެ ކެމްޕެއިން ވެރިކަން ކުރާ ކޮންގްރެސް ޕާޓީ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމުގައި އެ ޕާޓީގެ ނައިބުލީޑަރު އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ އެޕާޓީއިން މިއަދު މެންދުރު ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެޕާޓީގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރައްވާނީ ޕާޓީގެ ޕްރައިމެރީން ނާކާމިޔާބުވި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދުކަން ހާމަކޮށްފައެވެ. ސައީދުއަށް ޕާޓީގެ ޓިކެޓު ލިބުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން އިންތިޚާބުގައި ވާދަނުކުރަން ނިންމުމުންނެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަކީ ޕީއެންސީއަށް ވަރަށް ބޮޑަށް ތާއީދު އޮތް ދާއިރާއެއް ކަމާއި އެކަން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމުން ހާމަވެގެންދާ ކަމަށެވެ. އަދި އެ އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެ ޕާޓީން ކުރާނެ ކަމަށާއި އެ އިންތިހާބުގެ ކެމްޕެއިނަށް ވަރަށް ފުރިހަމައަށް ޕާޓީ ތައްޔާރުވެފައިވާކަމަށްްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ބައި-އިލެކްޝަނުގައި އެ އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރު ބަންޑުންޖަހައިނުލައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން އިންތިހާބު ކާމިޔާބުކުރާނެކަމަށެވެ.
އެހެންނަމަވެސް އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ސިޔާސީ ގޮތުން ޕާޓީން ކުރަންޖެހޭ ހުރިހާ މަސއްކަތްތަކެއް އެ ޕާޓީން ކުރަމުންދާނެ ކަމުގެ ޔަގީންކަން ޝިޔާމު ދެއްވިއެވެ. އޭނާ ވިދާޅުވީ ޕާޓީއެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތް އޭގެ އެންމެ މަތީ ދަރަޖައިގަ ކުރިއަށްގެންދަވާނެ ކަމަށެވެ.
އެދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އީސީން ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ.
ގުޅުންހުރި

ހިތަދޫ އުތުރަކީ ޕީއެންސީއަށް ވަރަށް ބޮޑަށް ތާއީދު އޮތް ދާއިރާއެއް، އިންތިހާބުގެ ކެމްޕެއިނަށް ވަރަށް ފުރިހަމައަށް ޕާޓީ ތައްޔާރު - ޝިޔާމް

މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރަނީ މަސްވެރިން މަހަށް ނިކުމެވޭނެކަން ކަށަވަރުކުރުން: ޝިޔާމް

މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރަކަށް ޝިޔާމް




