
މޫސުން ގޯސް ދުވަހެއްގެ މަންޒަރެއް---
މިއަދު މެންދުރުފަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުން ލަފާކޮށް މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ ފަތިހު 5:00 އިން ހެނދުނު 10:00 އަށެވެ.
މޫސުމާ ބެހޭ ފަހުގެ ލަފާކުރުމުގެ އަދާހަމަ ހިއްސާކުރަމުން، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކަނޑުތަކަށް ބަލާއިރު އުތުރާއި މެދު ރާއްޖެތެރެއަށް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ވިލާގަނޑުގައިވެސް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ، ހުކުރު ދުވަހުގެ މެންދުރުކުރި ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. ނަމަވެސް މެންދުރުފަހުން ފެށިގެން މުޅި ރާއްޖެއަށްވެސް ވިއްސާރަކުރާވަރު މަދުވާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ، ހޮނިހިރު ދުވަހުން ފެށިގެން ވިއްސާރަ އަލިވާނެކަމަށެވެ. އަދި ހުރިހާ ހިސާބަކަށްވެސް ހޮނިހިރު ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ގުޅުންހުރި

ހޮނިހިރު ދުވަހުން ފެށިގެން ހުރިހާ ހިސާބަކަށް ވެސް މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކޮށްފި

އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވޭ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް





