logoEN
WAMCO TOP 1
މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް 51 ފުޅި ބަނގުރަލާއިއެކު ބިދޭސީއަކު ހައްޔަރަށް!

މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް 51 ފުޅި ބަނގުރަލާއިއެކު ބިދޭސީއަކު ހައްޔަރަށް!

އަހުމަދު ޝުރާއު

logo

4/28/2026, 2:58:59 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސޮލައިމާން ބޮޔަން، ބަންގްލަދޭޝް (34އ) އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

މި އެޕްރީލް މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ތަނެއް ބަލައި ފާސްކުރިއިރު 51 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC