logoEN
WAMCO TOP 1
ޑްރަގު މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިން މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި: އެކަކު ހައްޔަރަށް!

ޑްރަގު މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިން މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި: އެކަކު ހައްޔަރަށް!

އަހުމަދު ޝުރާއު

logo

4/28/2026, 1:48:14 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

އައްޑޫ ސިޓީ ހުޅުމީދޫގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

THE TRAVELLER AD

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ ހުޅުމީދޫ ހެލްތު ސެންޓަރަށް ގެނައި މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލަ 2026 އޭޕްރީލް 28 ވަނަ ދުވަހުގެ މެންދުރުފަހު 13:50 އެހައިކަންހާއިރު ހެލްތު ސެންޓަރުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެމީހާ އަށް އަނިޔާ ވެފައި ވަނީ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެ މީހާއަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ކަމަށާއި އަދި މި މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެއީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC