logoEN
WAMCO TOP 1
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަނީ

އަހުމަދު ޝުރާއު

logo

4/28/2026, 2:53:07 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާްތް ހޯދަން އިއުލާނުކޮށްފި އެވެ.

THE TRAVELLER AD

ފޮޓޯއަކާއިއެކު ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ސައިކަލަކީ 2025 ޖުލައި 13 ވަނަ ދުވަހު މާލޭގެ ކޯރުކެނޑިމަގާއި ބުރުޒުމަގު ގުޅުނު ކަންމަތިން ފުލުހުން ހުއްޓުވި ސައިކަލެއް ކަމަށެވެ.

އެގޮތުން މި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އިންޖީނު ނަންބަރު ނުފެންނާނެހެން ކަހާލާފައިހުރުމުގެ ސަބަބުން ކަމަށާއި މި މައްސަލައާ ގުޅިގެން އިތުރަށް ބެލި ބެލުމުން، އެ ސައިކަލުގައި ބޭނުންކޮށްފައިވާ ރަޖިސްޓްރީ ނަންބަރަކީ އެ އުޅަނދުގެ އަސްލު ނަންބަރު ނޫންކަންވެސް ކަށަވަރު ކުރެވުނު ކަމަށެވެ.

މީގެ އިތުރުން، ސައިކަލުގެ ޗެސިސް ނަންބަރު ޗެކްކުރިއިރު، އެ ނަންބަރަކީވެސް ރަޖިސްޓްރީކޮށްފައިވާ އެއްވެސް އުޅަނދެއްގެ ނަންބަރަކާ ދިމާވާ ނަންބަރެއް ނޫންކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި އަދި މިހާތަނަށް ކުރެވުނު މަސައްކަތުން މި ސައިކަލުގެ ވެރިފަރާތް ދެނެގަނެވިފައެއް ނުވާ ކަމަށެވެ.

އެހެންކަމުން، ފޮޓޯއިން ފެންނަ ސައިކަލުގެ ވެރިފަރާތުން ނުވަތަ މި ސައިކަލާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ، ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންސްގެ ނަންބަރު 9444880 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައި އެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު ދަންނަވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC