logoEN
WAMCO TOP 1
މޯލްޑިވްސް ޑިޖިޓަލް ސަމިޓު ފަށައިފި

މޯލްޑިވްސް ޑިޖިޓަލް ސަމިޓު ފަށައިފި

އަހުމަދު ޝުރާއު

logo

4/27/2026, 8:03:15 AM

# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

-

މޯލްޑިވްސް ޑިޖިޓަލް ސަމިޓުގެ ނަމުގައި ކުރިއަށްގެންދާ ޚާއްސަ ސަމިޓު ފަށައިފިއެވެ.

THE TRAVELLER AD

މިއީ މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އާއި ވޯލްޑްބޭންކް ގުޅިގެން ބާއްވާ ސަމިޓެކެވެ. ސަމިޓު ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސަމިޓަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ބާއްވާ ސަމިޓެކެވެ.

މި ސަމިޓަކީ މޯލްޑިވްސް 2.0ގެ ރޯޑުމެޕްގައި ހިމެނޭ ހަރަކާތްތަކާއި މޯލްޑިވްސް 2.0ގެ ވިޝަން ޙާސިލުކުރުމަށްޓަކައި މުޙިއްމު ދައުރެއް އަދާކުރާނެ ސަމިޓެކެވެ.

މީގެ އިތުރުން މިސަމިޓަކީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެކްސްޕާޓުން އެއްތަނަކުން ފެނިގެންދާނެ ސަމިޓެކެވެ.

އަދި މި ސަމިޓުގެ މައިގަޑު މަގްސަދުގެ ތެރޭގައި އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ހަރުދަނާ ކުރުމާއި، ޕަބްލިކް ސަރވިސަސް ޒަމާނީ ކުރުމާއި، ޑޭޓާ ޑްރައިވިން ގަވަރނަންސް ޤާއިމުކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި ޢަމަލީ ގުޅުންތައް ބަދަހިކުރުން ހިމެނެއެވެ.

މި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އާއި، ޑިޖިޓަލް ދައުލަތެއް ބިނާކުރުމާއި ގުޅޭގޮތުން އަލިއަޅުވާލުމާއި ދުނިޔޭގެ އެންމެ ރަނގަޅު ގޮތްތަކާއި، ޙަޤީޤީ ދުނިޔޭގެ ތަޖުރިބާތައް ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަމިޓުގައި ބައިވެރިވަޑައިގަންނާވާ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކީ ނޯޓު ސްޕީކާރސް ތެރެގައި ހިމެނެނީ މޮލްޑޯވަރގެ ޑިޖިޓަލައިޒޭޝަންގެ ފޯރމަރ ޕްރައިމް މިނިސްޓަރ މިސްޓަރ އިއުރީ ޓުރްކާނޯ،ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެވައިސް ޕްރެޒިޑެންޓް މިސްޓަރ ޔޫން ސިއޮކް ކޯ، ޔޫކޭގެ ގަވަރމެންޓް ޑިޖިޓަލް ސަރވިސްގެ ފޯރމަރ ޕްރޮގްރާމް ޑިރެކްޓަރ މިސް ޖެސިކާ މެކްއެވޮއީއެވެ.

މި ސަމިޓުގައި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މުހިންމު އަސާސްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

* ގަވަރނަންސް އެންޑް އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ފޮރ ޑިޖިޓަލް ޓްރާންސްފޯމޭޝަން

* ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރި އަދި އިންޓަރއޮޕަރަބަލް ޑޭޓާ ޝެއަރ ކުރުން

* ސިޓިޒަން ސެންޓްރިކް ސަރވިސް ހަރުދަނާކުރުމާއި ގުޅޭގޮތުން

* ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމް އާއި ޓްރަސްޓެޑް ޑިޖިޓަލް ޓްރާންސެކްޝަންސް އާއި ގުޅޭ ގޮތުން

* އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކުރިއަރަމުން އަންނަ ޓެކްނޯލޮޖީސްތައް ޒިންމާދާރު ގޮތުގައި ބޭނުން ކުރާނެ ގޮތް

* މޯލްޑިވްސް 2.0ގެ މަގުޗާޓުގައިވާ ހަރަކާތްތައް އިމްލިމެންޓްކޮށް ތަރައްޤީ ކުރުމާއި ގުޅޭ ގޮތުންނެވެ.

ކޮމެންޓް
ފަހުގެ
HDC