.jpg&w=3840&q=75)
-
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ދާދި ފަހުން ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް އުމަރާއި އިބްރާހިމް ތޯރިގްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އައްޔަނުކުރައްވައިފި އެވެ.

އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މި ތިން ބޭފުޅަކު އައްޔަނުކުރިކަން ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ރޭ ވަނީ ރާއްޖޭގެ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައި އެވެ.
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަނުކުރި އާދަމް ޝަރީފް އުމަރަކީ ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރެވެ. އަދި ތާރިގް އިބްރާހިމް އަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރެވެ.
އާދަމް ޝަރީފާއި ތޯރިގުއަށް އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވީ މީގެ ދެ ދުވަހެއް ކުރިންނެވެ. އަދި ދިޔާނާ އަށް އެ މަގާމު ދެއްވީ އިއްޔެއެވެ.
އެ ތިން ބޭފުޅުންނަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމު ދެއްވިއިރު ބޭރުގެ ބައެއް ސަފީރުންގެ މަގާމު ވަނީ ހުސްވެފަ އެވެ.
އޭގެ ތެރޭގައި ޔޫއޭއީގެ ސަފީރުކަމާއި އިނގިރޭސި ވިލާތުގެ ސަފީރުގެ މަގާމާއި ބެލްޖިއަމްގެ ސަފީރުގެ މަަގާމު ހިމެނެ އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އިސްތިއުފާ ދެއްވި ދެ ވަޒީރުންނާއި ދިޔާނާ!

ސްވިޑަން އަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، އެކަމަނާގެ މަޤާމުގެ ފަތްކޮޅު ސްވިޑަން ރަސްގެފާނަށް އަރުވައިފި
.jpg&w=3840&q=75)
ފޮރިން މިނިސްޓަރު ހަލީލް މަގާމުން އިސްތިއުފާދީފި




