.jpg&w=3840&q=75)
-
ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޑރ. ހަލީލް އިސްތިއުފާދެއްވިކަން އިތުބާރުހުރި މަސްދަރުތަކުން ގާފު ނޫހަށް ވަނީ ކަށަވަރުވެފައި އެވެ. ނަމަވެސް، ކުއްލި ގޮތަކަށް އިސްތިއުފާދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ މީޑިއާއެއް ކަމަށްވާ ސަން އޮންލައިންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަގާމުން ވަކިކުރެއްވިކަން ހަލީލް މިނިސްޓްރީގެ މުވައްޒަފުންނަށް ދާދި ދެންމެ އަކު އެންގެވުމަށްފަހު ދެންމެ ވަނީ މިނިސްޓްރީން ނުކުމެވަޑައިގެންފައެވެ.
ރައީސް އޮފީހުން ދާދި ދެންމެ އަކު ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑޮކްޓަރ ޢަބްދުﷲ ޚަލީލް މަގާމުން އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދީފައި އެވެ. އެގޮތުން އިތުރު 9 ވަޒީރުންނާއިއެކު ހަލީލް ވެސް އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.
ހަލީލްއަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ދެވަނަ ފޮރިން މިނިސްޓަރެވެ.
ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރަންޑްރަމް އިންތިހާބުގައި ސަރުކާރުން އުންމީދުކުރި ވަރުގެ ނަތީޖާއެއް ނެރެވިފައިނުވުމާއިއެކު ރައީސް މުއިއްޒު ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން އަރުއްވާފައި އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ފޮރިން މިނިސްޓަރު ހަލީލް މަގާމުން އިސްތިއުފާދީފި

އޯ.އޭ.ސީ.ޕީ.އެސްގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

2026 އިން 2030 ނިޔަލަށް އ.ދ.ގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަން ގެ މެމްބަރަކަމުގެ ދައުރު ދިވެހިރާއްޖެ އިން ފަށައިފި




