logoEN
WAMCO TOP 1
މާލީގެ ދިފާއީ ވަޒީރު އަވަހާރަކޮށްލައިފި

މާލީގެ ދިފާއީ ވަޒީރު އަވަހާރަކޮށްލައިފި

އަހުމަދު ޝުރާއު

logo

4/27/2026, 4:31:40 AM

# މާލީ

-

މާލީގެ ދިފާއީ ވަޒީރު، ޖެނެރަލް ސާޑިއޯ ކަމަރާ އަވަހާރަކޮށްލައިފި އެވެ.

THE TRAVELLER AD

މާލީ ސަރުކާރުގެ ތަރުޖަމާނަކު މިކަން ކަށަވަރުކޮށްދެއްވައި ވިދާޅުވީ މާލީގެ އަސްކަރީ މަރުކަޒުތަކާއި އަސްކަރިއްޔާގެ އިސްވެރިންނަށް އަމާޒުކޮށް ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގެ ތެރެއިން ދިފާއީ ވަޒީރުވެސް އަވަހާރަކޮށްލާފައި އެވެ.

ކެމަރާ ⁠އަވަހާރަކޮށްލާފައިވަނީ ⁠ހަމަލާދިން މީހުން އޭނާގެ ގެއަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައިކަންވެސް ތަރުޖަމާނު ވަނީ ހާމަކުރައްވާފައި އެވެ.

ގާރިސަން ޓައުން ކާޓީގައި ހުންނަ ކެމަރާގެ ގެއަށް ހޮނިހިރު ދުވަހު ހަމަލާތަކެއް ދީފައި ވަނީ އަލްގައިދާއާ ގުޅުން ހުރި ނިރުބަވެރިންނާއި ޓޫއަރެގް ބާޣީން އެކުއެކީގައި ދިން ހަމަލާތަކުގަ އެވެ.

ކެމަރާ އަކީ 2020 އާއި 2021 ވަނަ އަހަރު އެގައުމުގެ ކުރި ބަޣާވާތަކަށް ފަހު ވެރިކަން ހޯދި އަސްކަރިއްޔާގެ އެންމެ އިސް އެއް ފަރާތެވެ.

މި ހަމަލާގައި އޭނާގެ ދެވަނަ އަނބިކަނބަލުންނާއި އޭނާގެ ދެ ކާފަދަރިން ވެސް އަވަހާރަވެފައިވާ ކަމަށް އޭއެފްޕީ ނޫސް އެޖެންސީން ބުނެ އެވެ.

ކޮމެންޓް
ފަހުގެ
HDC