logoEN
WAMCO TOP 1
ރަސްގަތީމު ގެއެއްގެ ތެރެއިން މަރުވެފައި އޮތް އުމުރުން ދުވަސްވީ މީހަކު ފެނިއްޖެ

ރަސްގަތީމު ގެއެއްގެ ތެރެއިން މަރުވެފައި އޮތް އުމުރުން ދުވަސްވީ މީހަކު ފެނިއްޖެ

އަހުމަދު ޝުރާއު

logo

4/27/2026, 3:48:16 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

ރަސްގަތީމު :- ފޮޓޯ - ނަލަނަލަ ރަސްގަތީމު ފޭސްބުކް

ރ ރަސްގެތީމު ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

THE TRAVELLER AD

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމީހާ ދިރިއުޅޭ ގެއަށް 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ 21:53 އެހައިކަންހާއިރު ވަދެ ބެލި އިރު އެމީހާ ނިޔާވެފަ އޮއްވާ ފެނިފައިވާ ކަމަށެވެ.

އެގޮތުން ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސޯސަންގެ / ރ.ރަސްގެތީމު، އިބްރާހީމް ޔޫސުފުފުޅު (55އ) އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައެއް ނުވާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނުނު މީހާގެ ހަށިގަނޑު އިތުރު ތަހުލީލަށް ރޭ ވަނީ ރ އުނގޫފާރަށް ގެންގޮސްފައި އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC