logoEN
WAMCO TOP 1
ރެހެންދި ސުކޫލުގެ 203 ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ބާއްވައިފި

ރެހެންދި ސުކޫލުގެ 203 ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

4/27/2026, 3:21:23 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ހުޅުމާލެ ފޭސް 1 ޕޮލިހާއި ސައިބަރ ސެންޓަރު ގުޅިގެން ރެހެންދި ސުކޫލުގެ ގްރޭޑް 6 ގެ ދަރިވަރުންނަށް ސައިބަރ ސޭފްޓީއާއި އިންޓަނެޓް ސެކިއުރިޓީއާ ބެހޭ އިންޓެރެކްޓިވް ސެޝަނެއް ބާއްވައިފިއެވެ.

THE TRAVELLER AD

ފުލުހުން މައުލޫމާތު ދޭގޮތުގައި މި ސެޝަންގައި 203 ދަރިވަރަކު ވަނީ ބައިވެރިވެފައި އެވެ.

މި ސެޝަންގައި ދަރިވަރުންނަށް ޑިޖިޓަލް ދުނިޔޭގެ ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން ދެނެގަތުމާއި، އިންޓަނެޓްގައި ރައްކާތެރި ގޮތްތައް ހިޔާރުކުރުމާއި، އެޕްލިކޭޝަންތަކާއި ގޭމްތައް ބޭނުންކުރާއިރު ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމަކީ އިންޓަނެޓުން ގުޅިފައިވާ، ޒިންމާދާރު ޖީލެއް ބިނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ސިލްސިލާކޮށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

ކޮމެންޓް
ފަހުގެ
HDC