logoEN
WAMCO TOP 1
ގަސްތައް ކަނޑައިގެން ފްލެޓު އަޅަން ސަރުކާރުން ބޭނުމެއް ނުވޭ: ވިލިމާލޭގައި ތަރައްޤީކުރާ ފްލެޓުތަކުގެ އެއް ޓަވަރު އެހެން ސަރަހައްދަކަށް!

ގަސްތައް ކަނޑައިގެން ފްލެޓު އަޅަން ސަރުކާރުން ބޭނުމެއް ނުވޭ: ވިލިމާލޭގައި ތަރައްޤީކުރާ ފްލެޓުތަކުގެ އެއް ޓަވަރު އެހެން ސަރަހައްދަކަށް!

އަހުމަދު ޝުރާއު

logo

4/27/2026, 3:25:07 AM

# ހައުސިންގ މިނިސްޓްރީ

-

ވިލިމާލޭގައި ފްލެޓުތައް އެޅުމަށް ޚާއްސަކުރި ސަރަހައްދުން ގަސްތައް ކަނޑަން ޖެހޭތީ އެ ފްލެޓުތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި އެވެ.

THE TRAVELLER AD

ވިލިމާލޭގައި 300 ފްލެޓު ތަރައްޤީކުރުމަށް ތިން ޓަވަރު ހިމެނޭހެން ފްލެޓުތަކެއް އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނީންނެވެ. މިއީ ސަރުކާރުން އިސްނަގައިގެން މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ހައުސިންގ މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވީ މާލެ ސަރަޙައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތްކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށް ވުރެ ދަތި ތަންތަނުގައި ކަމީވެސް ދެބަސްނުވެވޭނެ ޙަޤީޤަތެއް ކަމަށެވެ. އެހެންކަމުން އެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާއިރު މާލެ ސަރަޙައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައް ކަމަށްވުމާއެކު ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަމުގައި އުޅެމުންދާ އާއިލާތަކަށް ބޭނުންވާ ފުލެޓު ޢިމާރާތްކުރުމުގައި ލިބެން ހުރި ބިންތައް މަދުވުމަކީ މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

މި ގޮތުން ވިލިމާލޭގައި ޢިމާރާތްކުރާ 300 ފުލެޓު މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވާނީ ބޮޑެތި ފުނަގަސް ނުކަނޑައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ވިލިމާލޭގައި ތަރައްޤީކުރާ 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާކަން މުއްތަލިބު ވަނީ ހާމަކުރައްވާފައި އެވެ.

ވިލިމާލޭގައި ތަރައްޤީ ކުރާ 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ، 17 ފަންގިފިލާގެ 3 ޓަވަރެވެ.

ކޮމެންޓް
ފަހުގެ
HDC