logoEN
WAMCO TOP 1
މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތް އޮބްޒާވްކުރުން އާންމުންނަށް ހުޅުވާލައިފި

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތް އޮބްޒާވްކުރުން އާންމުންނަށް ހުޅުވާލައިފި

ޖަޒްލާ މުހައްމަދު

logo

4/26/2026, 11:03:07 AM

# މަސްތުވާތަކެތީގެ މައްސަލަ# ފުލުހުން

މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން- ފޮޓޯ: ފުލުހުން

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އޮބްޒާވްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

THE TRAVELLER AD

މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ. އަދި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ފުރުސަތު ލިބެނީ އެކަމަށް ހުށަހަޅާ ފުރަތަމަ 10 ބައިވެރިންނަށެވެ.

ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަށް އޮބްޒާވްކުރުމަށް ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރާއި، ގުޅޭނެ ނަންބަރާއެކު އީމެއިލް ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް އޮބްޒާވްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިރޭ 12:00 އާއި ހަމައަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު ދޫނިދޫގަ އެވެ.

ކޮމެންޓް
ފަހުގެ
HDC