logoEN
WAMCO TOP 1
މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

# މަސްތުވާތަކެތީގެ މައްސަލަ# ފުލުހުން# ށ. މިލަންދޫ

މަސްތުވާތަކެތީގެ މައްސަލާގައި މިލަންދޫއިން ހައްޔަރުކުރި މީހާ- ފޮޓޯ: ފުލުހުން

ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ށ.މިލަންދޫ/ ފެޝަން، ހަސަން ފަޔާޟް (40އ) ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށިން މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިލަންދޫ ބަނދަރުމަތިން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސް ކޮޅެއް ފެނުމުން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC